Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:12 - ކިތާބުލް މުޤައްދަސާ

12 ދެން ޔަޘްރޫ ގޮސް މާތްކަލާނގެއަށް ޤުރުބާނީ ވެދުން ކުރާނެ ތަކެތި ހިފައިގެން އަތުވެއްޖެއެވެ. ހާރޫނުގެފާނާއި އިސްރާއީލީންގެ ބޮޑުން ވެސް މާތްކަލާނގެ ކިބަފުޅަށް ކުރެވުނު އެ ޤުރުބާނީގެ ހަފުލާގައި ބައިވެރިވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:12
31 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


އިސްޙާޤުގެފާނު އެތަނުގައި ޤުރުބާން ކުރުމަށްޓަކައި ޚާއްސަ އައްޓެއް ހެއްދެވުމަށް ފަހު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ. އަދި އެއަށް ފަހު އެތަނުގައި މަޑުކުރައްވައި ފޭލިގެ ޖެއްސެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމުން ލައްވާ އެތަނުގައި އިތުރު ވަޅެއް ކޮންނެވިއެވެ.


އެހެންވެ އިސްޙާޤުގެފާނު ބޮޑު ޖާފަތެއް އެބޭކަލުންނަށް ތައްޔާރު ކުރެއްވިއެވެ. ދެން އެބޭކަލުން ކައި ބޮއި ހެއްދެވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.


ހާބީލް ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި އޭނާގެ ކަންބަޅިބަކަރިތަކަށް ލިބުނު ފުރަތަމަ ދަރިންތައް ކަތިލައި އޭގެ އެންމެ މަސްހުރި ރަނގަޅު ބައިތައް ގެނައެވެ. މާތްރަސްކަލާނގެ ހާބީލް އާއި، އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އޭނާ ގެނައި ތަކެއްޗާ މެދު، ރުހިވޮޑިގެންވިއެވެ.


ދެން އެއަށް ފަހު، ޔޫސުފުގެފާނު މެންދުރު ވަޑައިގަތުމުގެ ކުރިން އެބައިމީހުން އެކަލޭގެފާނަށް އެރުވުމަށްޓަކައި ގެނައި ހަދިޔާތައް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ފަރިއްކޮޅު އެބައިމީހުން އެ ގަނޑުވަރުގައި އެކަލޭގެފާނާއި އެކުގައި ކުރަން ހަމަޖެހިފައިވާކަން އެބައިމީހުން އަހާފައިވާތީއެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.⁠“


އޭގެ އަނެއް ދުވަހު މީހުން ކުރާ ޝަކުވާތައް އަޑު އެއްސެވުމަށް މޫސާގެފާނު އިންނެވިއެވެ. އެމީހުން ހެނދުނުން ފެށިގެން އިރު އޮއްސެންދެން އެކަލޭގެފާނުގެ ގާތަށް އަންނަމުން ދިޔައެވެ.


އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ.


ރަޢޫއީލު ބުންޏެވެ. ”⁠މިހާރު އެމީހާ ކޮބައިތަ؟ ކަލޭމެން އޭނާ އެތަނަށް ދޫކޮށްލާފަ އައީ ކީއްވެތަ؟ ދޭ ގޮސް އޭނާ ގޮވައިގެން އާދޭ އަހަރެމެންނާ އެކީ ކެއުމުގައި ބައިވެރިވާން.⁠“


ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ.


އިސްރާއީލުގެ މި އިއްޒަތްތެރިން އެކަލާނގެއަށް ބެލި ކަމުގައި ވިޔަސް އެކަލާނގެ އެބޭކަލުން ނައްތައެއް ނުލައްވައެވެ. އަދި ކީތްހެއްޔެވެ! އެމީހުން އެކަލާނގެ ޙަޟްރަތުގައި ކައިބޮއި ވެސް ހެދިއެވެ.


ދެން އެކަލޭގެފާނު އިސްރާއީލީންގެ ފިރިހެން ޒުވާނުންތަކެއް ފޮނުއްވައި އެތަނުގައި އެންދުމުގެ ޤުރުބާނީއެއް ކުރެއްވިއެވެ. އަދި ގެރި ކަތިލައި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ވެސް މާތްރަސްކަލާނގެއަށް ހުށަހެޅުއްވިއެވެ.


އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.


އެމީހުން ތަނަކަށް ގޮސް ބަނޑަހަ ޖެހުމުން އެތަނާ ދުރުގައި މޫސާގެފާނުގެ ފޭލިގެކޮޅު ޖައްސަވައިފިއެވެ. މާތްރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދޭމީހަކު ނަމަ އެ ފޭލިގެކޮޅު ހުރި ހިސާބަކަށް ދަނީއެވެ. މި ފޭލިގެކޮޅަށް އެކަލޭގެފާނު ނަންދެއްވީ ”⁠ކުއްތަންވުމުގެ ފޭލިގެކޮޅު⁠“ އެވެ.


ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ.


އެކަލޭގެފާނާއި އެކު މޭޒު ކައިރީ އިން މީހަކު މިއަޑު އަހާފައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޟްރަތުގައި ވާ ބޮޑުކެއުމުގައި ހިމެނޭނެ މީހުންނަށް ބަރަކާތް ހުރި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ