Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 18:11 - ކިތާބުލް މުޤައްދަސާ

11 މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 18:11
30 ပူးပေါင်းရင်းမြစ်များ  

އެމީހުން ގިނަ ނުވާނެ ކަހަލަ ހިންތާއެއް އަހަރެމެން ހަދަން ވެއްޖެ. އެހެންނޫނީ އަހަރެމެންނާ ހަނގުރާމައެއް ކުރިމަތި ލާ ދުވަހަކުން އެމީހުން އަހަރެމެންގެ ދުޝްމިނުންނާއި ބައިވެރިވެ އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ފިލައި ރައްކާވެދާނެ.⁠“


”⁠ކަލޭމެން ޢިބްރާނީންގެ އަންހެނުންގެ ދަރިން ވިއްސަން ތިބޭ އިރު ފިރިހެން ދަރިއެއް ވިހައިފިއްޔާ މަރާލާތި. އަންހެން ދަރިއެއް ނަމަ މަރާނެ ކަމެއް ނެތް.⁠“


ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


އެރޭ ތިމަންކަލާނގެ މިޞްރު ތެރޭން ދާނަމޭ. އަދި މިޞްރުގެ ކޮންމެ ގެއެއްގެ ދޮށީ ފިރިހެން ދަރިއާއި ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި މަރާނަމޭ. އެގޮތުން މިޞްރު މީހުންގެ އިލާހުންގެ މައްޗަށް ޢުޤޫބާތް ފޮނުއްވާނަމޭ. އެހެނީ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެއޭ!


އަހަރެން ފިރުޢައުނާއި އޭނާގެ މީހުން ބަލިކޮށްލާތަން ފެނުމުން މިޞްރު މީހުންނަށް އެނގޭނެ، މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“


މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ.


ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކު ވެސް ކޮބައިތޯ؟


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


”⁠އެކަކަށް ވެސް މީގެ ކުރީގައި ދިންހެން ގާއަޅާ ހުއި ނުދޭތި. އެމީހުން ލައްވާ އެއެއްޗެހި ގެނުވާ!


އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ. އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ.


ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


ބޮޑާ ކަމާއެކު ފޮނިކެނޑުމުގެ ބަސްތަކުން ދޫ ރައްކާތެރިކުރޭ. އެހެނީ މާތްރަސްކަލާނގެ އަކީ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހު. އެ ކަލާނގެއީ އަޅަމެންގެ އަމަލުތަކަށް ބައްލަވާ ވޮޑިގަންނަވައި އިންސާފު ކުރައްވާ ކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ