ނެރުއްވުން 18:10 - ކިތާބުލް މުޤައްދަސާ10 ޔަޘްރޫ ބުންޏެވެ. ”މާތްރަސްކަލާނގެއަށް ޙަމްދުހުރި. އެހެނީ އެކަލާނގެ ކަލޭ މިޞްރު މީހުންނާއި ފިރުޢައުނުގެ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. އާނ! އެކަލާނގެ އިސްރާއީލީން މިޞްރުގެ ގަދަފަދަ އަތްދަށުން ސަލާމަތް ކޮށްދެއްވައިފި. အခန်းကိုကြည့်ပါ။ |
އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.
ދެން ޝާއުލްގެފާނު ޤައިނީންގެ މީހުންނަށް އެންގެވިއެވެ. ”ކަލޭމެން މިތަނުން ދޭ. ނޫނީ ޢަމާލިޤީން ނައްތާލާއިރު އަހަރެމެންގެ އަތުން ކަލޭމެންގެ މީހުން ވެސް މަރުވެދާނެ. އެމީހުންނާ ދުރަށް މިތަން ދޫކޮށް ކަލޭމެން ދޭ. އެހެނީ ކަލޭމެން ވަނީ އިސްރާއީލީން މިޞްރުން ނުކުތުމުން އެމީހުންނަށް އެހީތެރިވެ ދީފައި.“ އެހެންވެ ކަންޢާނީން ޢަމާލިޤީންނާ ދުރަށް ހިނގައްޖެއެވެ.