ނެރުއްވުން 18:1 - ކިތާބުލް މުޤައްދަސާ1 މޫސާގެފާނުގެ ބަފާކަލޭގެ، މިދްޔާންގެ އިމާމު، ޔަޘްރޫއަށް މޫސާގެފާނަށާއި ބަނީ އިސްރާއީލީންނަށް މާތްކަލާނގެ ކޮށްދެއްވި ކަންތަކުގެ ވާހަކަ އަޑު އިވިއްޖެއެވެ. ވަކިން ޚާއްސަކޮށް މާތްރަސްކަލާނގެ އެމީހުން މިޞްރުން ނެރުއްވި ގޮތުގެ ވާހަކައެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.