ނެރުއްވުން 17:9 - ކިތާބުލް މުޤައްދަސާ9 މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި މާތްކަލާނގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.“ အခန်းကိုကြည့်ပါ။ |
ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ.
އަދި މީގެ އެތައް ޒަމާނެއް ފަހުން މި ބިމުގައި ވީ މާތްރަސްކަލާނގެ ކިބައަށް އީމާން ނުވާ ޤައުމުތަކުގެ މީސްތަކުން މި ބިމުން އެކަލާނގެ ފައްސަވާލެއްވި. އަދި ކާބަފައިންގެ ކިބައިން މިލްކުވި މިފޭލިގެ ޔަޝޫޢުގެފާނުގެ ވެރިކަމުގެ ދަށުގައި އެމީހުންނަށް އަލަށް ލިބުނު ބިންތަކުގައި ވެސް ބެހެއްޓުނު. އަދި ދާއޫދުގެފާނުގެ ރަސްކަމާއި ޖެހެންދެން ވެސް އެ ފޭލިގެ އެތަނުގައި ހުރި.