Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 17:8 - ކިތާބުލް މުޤައްދަސާ

8 ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 17:8
13 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުން ޤާދަޝްއަށް ނުވަތަ ޢައިނިމިޝްފާޠު ސަހަރަށް އެނބުރި ގޮސް ޢަމާލިޤީންނަށް ލިބިގެންވީ ހުރިހާ ބިމެއް ހިފުމަށް ފަހު، ޙައްޞޫންތާމަރުގައި ދިރިއުޅޭ އަމޫރީންގެ މައްޗަށް ފަތަޙަ ހޯދިއެވެ.


ޤޫރަޙު، ޖަޢްޘާމް އަދި ޢަމާލިޤު އެވެ. އަދި މިއީ ޢީސޫ އާއި ޢަދަތުގެ ފިރިހެން ދަރިފުޅު އަލީފާޒުގެ ފަރާތުން އައި ދަރިފަސްކޮޅެވެ.


މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ.


އެކަލޭގެފާނު ވަރަށް ހިއްވަރާއެކު ހަނގުރާމަ ކުރައްވައި ޢަމާލިޤީން ވެސް ބަލި ކުރެއްވިއެވެ. އަދި އިސްރާއީލު ލޫޓުވާލަން އައި ކޮންމެ ބައެއްގެ އަތްދަށުން އިސްރާއީލު ސަލާމަތް ކުރެއްވިއެވެ.


ކުޅަދުންވަންތަ މާތްރަސްކަލާނގެ އަންގަވަނީ، ތިމަން ކަލާނގެ މިޞްރުގެ ބިމުން އިސްރާއީލީން ސަލާމަތް ކުރެއްވި ހިނދު، ޢަމާލިޤީން އެމީހުންނަށް ހުރަސްއަޅައި ކަންޢާނަށް އެމީހުން ދިޔަ ނުދީ ހިފެހެއްޓިކަން ތިމަންކަލާނގެ ފަރުވާތެރިކަމާއެކު ފާހަގަ ކުރައްވަމޭ.


މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ