ނެރުއްވުން 17:7 - ކިތާބުލް މުޤައްދަސާ7 މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ދެންނެވިއެވެ. ”އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!“
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.