ނެރުއްވުން 17:4 - ކިތާބުލް މުޤައްދަސާ4 ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭހާއެކު މުނާޖާ ދެންނެވިއެވެ. ”މިމީހުންނާ މެދު މިއަޅާ ހަދަންވީ ކިހިނެއްތޯ؟ އެމީހުން އެތިބަ ތައްޔާރުވަނީ މިއަޅާ ގަލުންތަޅައި މަރާލަން!“ အခန်းကိုကြည့်ပါ။ |
ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ. މާތްރަސްކަލާނގެ އެތަނުގައި އެމީހުންނަށް އަމުރުފުޅެއް ކުރެއްވިއެވެ. އަދި އެމީހުންގެ އީމާންކަން އިމްތިޙާނު ކުރެއްވިއެވެ.