Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 17:14 - ކިތާބުލް މުޤައްދަސާ

14 އޭގެ ފަހުން މާތްރަސްކަލާނގެ މޫސާގެފާނަށް އިރުޝާދު ދެއްވިއެވެ. ”⁠މި ނަސްރުގެ ހަނދާންތައް ދެމިހުންނާނެފަދަ ގޮތަކަށް ލިޔޭ. އަދި ޔަޝޫޢު ގާތު ބުނޭ: ’⁠އަހަރެން ޢަމާލީގީންގެ ވަސް ވެސް މި އުޑުދަށުން ފިލުވާލާނަމޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 17:14
30 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނު އަވަހާރަވި ފަހުން ދާއޫދު ޢަމާލިޤީން ފައްސާލާފައި ޖިލްޖާއަށް އަތުވެއްޖެއެވެ. އޭނާ ދެ ދުވަސް ވަންދެން ޞިޤްލަޣުގައި ހުރެއްޖެއެވެ.


އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫން ވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ.


ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’⁠މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.⁠‘


ނަތީޖާއެއްގެ ގޮތުން ޔަޝޫޢުއަށް އެހަނގުރާމައިގައި ފަތަޙަ ލިބި ޢަމާލީގީން ބަލިވެއްޖެއެވެ.


ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.


އެކަމަކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ނޫން! އަހަރެންނާމެދު ފާފަ ކުރި އެންމެންގެ ނަންތައް ފޮތުން ކަނޑާލާނަން!


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠މި ހުރިހާ އެންގުންތަކެއް ކަލޭ ލިޔޭ. އެހެނީ މިއީ އަހަރެންނާއި ކަލެއާއި ކަލޭމެންގެ މީހުންނާ ދެމެދު ކުރެވޭ ޢަހުދު ނާމާއެއް.⁠“


ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ.


އަދި ކަލޭގެފާނާ ކަމެއް މަތި ކުރައްވާފައި ފޮނުއްވި. ’⁠ގޮސް ނުބައިވެގެންވާ ޢަމާލިޤީންގެ އެންމެންނާ ހަނގުރާމަކޮށް ހުރިހާ އެންމެން ނައްތާލާށޭ⁠‘ އެންގެވި.


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


ދާއޫދު އެމީހުންނާ މޫނުއަނދިރި ކަމުގެ ތެރޭގައި ހަމަލަދޭން ފެށި ގޮތަށް އަނެއް ދުވަހު އިރު އޮއްސެންދެން ހަނގުރާމަ ކޮށްފިއެވެ. އޭގެ ތެރޭން ޖަމަލުތަކަށް އަރައިގެން ފިލި ހަތަރުސަތޭކަ މީހުން ނޫން އެކަކު ވެސް ސަލާމަތެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ