ނެރުއްވުން 17:12 - ކިތާބުލް މުޤައްދަސާ12 މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.