ނެރުއްވުން 17:11 - ކިތާބުލް މުޤައްދަސާ11 މޫސާގެފާނުގެ އަސާކޮޅު އުފުއްލަވާފައި ވާހައި ހިނދަކު އިސްރާއީލީންނަށް ފަހިކަން ލިބެމުން ދިޔައެވެ. އެކަމަކު އެކަލޭގެފާނުގެ އަސާކޮޅު ތިރިވާ އިރަށް ޢަމާލީގީންނަށް ފަތަޙަ ލިބެއެވެ. အခန်းကိုကြည့်ပါ။ |
މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ.