ނެރުއްވުން 17:10 - ކިތާބުލް މުޤައްދަސާ10 އެހެންވެ ޔަޝޫޢުގެފާނު މޫސާގެފާނު އެންގެވި ގޮތަށް ޢަމާލީގީންގެ މީހުންނާ ހަނގުރާމަ ކުރަމުން ދިޔައެވެ. އޭރު މޫސާގެފާނާއި ހާރޫނުގެފާނާއި ޙޫރު އެތާ ކާރީގައި ހުރި ފަރުބަދައަކަށް އަރާ ވަޑައިގެން ތިއްބެވިއެވެ. အခန်းကိုကြည့်ပါ။ |
މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ.