ނެރުއްވުން 16:8 - ކިތާބުލް މުޤައްދަސާ8 އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.“ အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“