Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 16:6 - ކިތާބުލް މުޤައްދަސާ

6 އެހެންވެ މޫސާގެފާނާއި ހާރޫނުގެފާނު އިސްރާއީލީންގެ ގާތު ވިދާޅުވިއެވެ. ”⁠މިއަދު ހަވީރުވާން ވާއިރަށް ކަލޭމެންނަށް އެނގޭނެ ކަލޭމެން މިޞްރުން ނެރުއްވައިގެން ގެންނެވީ މާތްރަސްކަލާނގެ ކަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 16:6
14 ပူးပေါင်းရင်းမြစ်များ  

ހަމަ އެދުވަހު މިޞްރުގެ ބިމުން އިސްރާއީލީންގެ ފައުޖުތައް މާތްރަސްކަލާނގެ ނެރުއްވައިފިއެވެ.


”⁠އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.⁠“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”⁠އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.⁠“


އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.⁠“


މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“


އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ