ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ. މާތްރަސްކަލާނގެ އެތަނުގައި އެމީހުންނަށް އަމުރުފުޅެއް ކުރެއްވިއެވެ. އަދި އެމީހުންގެ އީމާންކަން އިމްތިޙާނު ކުރެއްވިއެވެ.