Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 16:3 - ކިތާބުލް މުޤައްދަސާ

3 ”⁠އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.⁠“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”⁠އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 16:3
32 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”⁠މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟


އެކަމަކު ފެންބޮވައިގެންގޮސް ނުކުޅަދާނަ ވުމުން އެމީހުން މޫސާގެފާނާ އަރައިރުން ވަމުން ދިޔައެވެ. ”⁠ކަލޭ އަހަރެމެން މިޞްރުން ނެރެގެން ތިޔަ ގެނައީ ކީއްވެ؟ ކަލޭ ތިޔަ އުޅެނީ އަހަރެމެންނާއި އަހަރެމެންގެ ކުދިންނާއި އަހަރެމެންގެ ޖަނަވާރުތަކަށް ފެން ނުދީ މަރާލަންތަ؟⁠“


އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”⁠ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ