25 މޫސާގެފާނު ވިދާޅުވިއެވެ. ”މިއަދު މި ކާނާ ކައި. މިއަދަކީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. މިއަދަކު ކާނާއެއް ނުފައިބާނެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: ’މާދަމައަކީ މުޅީން އަރާމުގެ ދުވަހެއް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. ކަލޭމެން ބޭނުންވަރަކަށް މިއަދު ފިހެ ކައްކައި ހަދާފައި ބަހައްޓާ. ބާކީ ހުރި އެއްޗެއް މާދަމާ ހެނދުނަށް ބަހައްޓާ.‘“
ދެން އެމީހުން މޫސާގެފާނު ވިދާޅުވި ފަދައިން އެއެއްޗެހި ހެނދުނަށް ބަހައްޓައިފިއެވެ. ހެނދުނު ބަލާލި އިރު އެއެއްޗެހި ހުރީ ނުހަނު ތާޒާކޮށް ރަނގަޅަށެވެ. ކުނިވަހެއް ފުޅައެއް ނެތެވެ.
ކަލޭމެންނަށް ހަ ދުވަހު ކާނާލިބޭނެ. ހަތްވަނައަށް ވާ ދުވަހަކީ ސަބަތުގެ ދުވަސް. އެދުވަހަކު ކަލޭމެން ނަގާނެ ކާނާއެއް ބިންމައްޗަކު ނުހުންނާނެ.“
ތިޔަ މީހުންނަށް މިހާރު އެނގެން ވެއްޖެއެއްނު ސަބަތަކީ އަހަރެން ކަލޭމެންނަށްދޭ ހަދިޔާއެއްކަން. ކަލޭމެންނަށް ހަވަނަ ދުވަހު، ދެދުވަހަށް ވާވަރަށް ކާނާ ދެނީ އެހެންވީމައެއް ނޫންތަ؟ ސަބަތުގެ ދުވަހު ކަލޭމެން ކާނާ ހޯދަން ނުގޮސް ތިބިތާނކު ތިބޭ. އެދުވަހު ކާނާ ހޯދަން ދާނެ ކަމެއް ނެތް.“