24 ދެން އެމީހުން މޫސާގެފާނު ވިދާޅުވި ފަދައިން އެއެއްޗެހި ހެނދުނަށް ބަހައްޓައިފިއެވެ. ހެނދުނު ބަލާލި އިރު އެއެއްޗެހި ހުރީ ނުހަނު ތާޒާކޮށް ރަނގަޅަށެވެ. ކުނިވަހެއް ފުޅައެއް ނެތެވެ.
އެކަމަކު އެއްބަޔަކު އެ ބަސްފުޅު އަޑެއް ނޭހިއެވެ. އެމީހުން ހެނދުނަށް ބައެއް ބެހެއްޓިއެވެ. އެކަމަކު ހެނދުނު ވީއިރު އެއެއްޗެހި ހުރީ ކުނިވެ ފުޅައަޅާފައެވެ. ދުވާވަހުން ނުކުޅަދާނައެވެ. އެކަމާ މޫސާގެފާނު ވަރަށް ކޯފާވިއެވެ.
މޫސާގެފާނު ވިދާޅުވިއެވެ. ”މިއަދު މި ކާނާ ކައި. މިއަދަކީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. މިއަދަކު ކާނާއެއް ނުފައިބާނެ.
ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”ގުޅިއެއް ހޯދައިގެން ގެނޭ. އެއަށް ދެނާޅި މަންނާ އަޅާފައި މާތްރަސްކަލާނގެއަށް ޚާލިސްކޮށް މާތްވެގެންވާ ތާނކު ބަހައްޓާ. އެއީ އަންނަން އޮތް ޖީލުތަކަށް ދެއްކުމަށްޓަކައި.“