Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 16:23 - ކިތާބުލް މުޤައްދަސާ

23 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވީ މިހެން: ’⁠މާދަމައަކީ މުޅީން އަރާމުގެ ދުވަހެއް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. ކަލޭމެން ބޭނުންވަރަކަށް މިއަދު ފިހެ ކައްކައި ހަދާފައި ބަހައްޓާ. ބާކީ ހުރި އެއްޗެއް މާދަމާ ހެނދުނަށް ބަހައްޓާ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 16:23
16 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ވިދާޅުވިއެވެ. ”⁠ހެނދުނު ވަންދެން އެއްވެސް އެއްޗެއް ބާކީކޮށްފަ ނުބަހައްޓާތި.⁠“


ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.


މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.


ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ