ނެރުއްވުން 16:20 - ކިތާބުލް މުޤައްދަސާ20 އެކަމަކު އެއްބަޔަކު އެ ބަސްފުޅު އަޑެއް ނޭހިއެވެ. އެމީހުން ހެނދުނަށް ބައެއް ބެހެއްޓިއެވެ. އެކަމަކު ހެނދުނު ވީއިރު އެއެއްޗެހި ހުރީ ކުނިވެ ފުޅައަޅާފައެވެ. ދުވާވަހުން ނުކުޅަދާނައެވެ. އެކަމާ މޫސާގެފާނު ވަރަށް ކޯފާވިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.
ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.