11 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
ހާރޫނުގެފާނު އިސްރާއީލީންގެ ޖަމާޢަތުގެ މީހުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސަހަރާގެ ތެރެއަށް އެމީހުން ބަލާލިއިރު ވިލާގަނޑެއްގެ ސިފައިގައި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުގެ މަތިވެރިކަން ފެނިގެން ދިޔައެވެ.
”އަހަރެން އިސްރާއީލީން ކުރި ޝަކުވާގެ އަޑު އަހައިފިން. އެމީހުން ގާތު ބުނޭ، ’އިރުއޮއްސުމުން ކަލޭމެން ކާނެ މަސް ލިބޭނެޔޭ، އަދި ހެނދުނު ކަލޭމެން ކާނެ ކާއެއްޗެހި ލިބޭނެޔޭ. މިކަމުން ކަލޭމެންނަށް އެނގޭނެޔޭ ކަލޭމެންގެ ކަލާނގެއަކީ ތިމަންކަލާނގެކަން.‘“