5 އެ ފުންކަނޑު އައިސް އެމީހުން ވަށާލި. އަދި އެމީހުން ގަލެއް ހެން ކަނޑުގެ އަޑިއަށް ގެނބިގެން ދިޔަ.
ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކު ވެސް ސަލާމަތެއް ނުވެއެވެ.
އެކަމަކު އިނބަރަސްކަލާނގެ އެންމެ ފަހަރަކު ފުމެލައްވާ އިރަށް މިޞްރުގެ އެންމެން ނެތިވެ ހިނގައްޖެ. އެގަދަފަދަ ކަނޑުތެރެއަށް އެމީހުން ތިމަރަ ބަރިތަކެއް ފަދައިން ގެނބިގެން ހިނގައްޖެ.
އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ. އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބީ. އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން. އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން.
އަހަރެން އުފަންވި އިރަކު ކަނޑެއް، ކޯދުލައިއަރާ ފެނުގެ ފައްވާރާއެއް ނެތެވެ.
”މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު. އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު.
އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.
އެއަށް ފަހު، ވަރުގަދަ މަލާއިކަތަކު ބޮޑު ހިލައެއް ނަގައި މިފަދައިން ވިދާޅުވެ ކަނޑަށް އެއްލާލެއްވިއެވެ. ”ހަމަ މިފަދަ ބާރަކާއެކު ކުއްލިއަކަށް މިމަތިވެރި ސަހަރު އެއްލާލެވޭނެ. އިތުރަށް ދެން މިސަހަރު ނުފެންނާނެ.