Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 15:26 - ކިތާބުލް މުޤައްދަސާ

26 އެކަލާނގެ އެންގެވިއެވެ. ”⁠ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 15:26
42 ပူးပေါင်းရင်းမြစ်များ  

އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ.


ވީމާ ކަލޭމެން ތިމަންކަލާނގެއަށް ކިޔަމަންވެ ތިމަންކަލާނގެއާ އެކު ކުރެވިފައިވާ ޢަހުދުނާމާއަށް ރައްކާތެރިވާނަމަ، ހުރިހާ ޤައުމުތަކެއްގެ ތެރޭން ކަލޭމެން ވާހުށީ ތިމަންކަލާނގެއަށް ޚާއްސަ ކުރެވިފައިވީ ޚަޒާނާ ކަމުގައޭ. މުޅި މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިޔަކީ ތިމަން ކަލާނގެ ކަމުގައި ވިޔަސް،


ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.⁠‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.⁠“


”⁠އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’⁠މާތްރަސްކަލާނގެ⁠‘.


ކަލޭމެން އަޅުކަން ކުރަން ޖެހޭނީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެއަށް. ކަލޭމެން އެ ގޮތަށް ކަންތައް ކުރާނަމަ އަހަރެން ކަލޭމެންނަށް ކާނާއާއި ބޯފެން ދޭނަން. އަދި ބަލިމަޑުކަމުން ރައްކާތެރި ކޮށްދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ