Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 15:22 - ކިތާބުލް މުޤައްދަސާ

22 ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 15:22
12 ပူးပေါင်းရင်းမြစ်များ  

ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”⁠ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟⁠“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.⁠“


އިބްރާހީމްގެފާނު ޙަބްރޫނު ދޫކުރައްވާ ކަންޢާނު ގެ ދެކުނަށް ވަޑައިގެން ޤާދަޝް އާއި ޝޫރު އާއި ދެމެދުގައިވާ ޖަރާރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.


އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ.


މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ.


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


ދެން ޝާއުލްގެފާނު ޢަމާލިޤީން ބަލި ކުރައްވައިފިއެވެ. އެމީހުންގެ ފަހަތުން އެކަލޭގެފާނު ޙަވީލާއިން ޝޫރުއާ ހަމަޔަށް ވަޑައިގަތެވެ. އެއީ މިޞްރުގެ އިރުމަތިން އިންވެގެން އޮންނަ ރަށެކެވެ.


މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ