ނެރުއްވުން 15:21 - ކިތާބުލް މުޤައްދަސާ21 މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.“ အခန်းကိုကြည့်ပါ။ |
މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.
އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.