20 ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ.
އަހަރެންނަށް ޚަބަރު ނުކޮށް ތިބާ ފިލައިގެން ތިޔަ އައީ ކީއްވެ؟ ތިބާ އަހަރެންގެ ގާތު ދިއުމަށް އެދުނުނަމަ، ތިބާގެ މަގުގައި ކުރިއަށް ދިއުމަށް އަހަރެން އެދޭނީ އޫދާއި ތާރައިގެ މިޔުޒިކުން ލަވަކިޔައި އުފާފާޅުކުރުމާއެކު.
މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ. އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ. އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ. ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ.
ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.
މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.
ދާއޫދުގެފާނާއި އިސްރާއީލުގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، އޫދު، ތާރަ، ގިގުނި، ކުޑައޫދު ސިމްބަލް ހިމެނެއެވެ.
އޭރު އެކުއްޖާގެ ދައްތަ އެކުއްޖާއަށް ވާނުވާ ބަލަން ތަންކޮޅެއް ދުރުގައި ހުއްޓެވެ.
މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް
އޭނާގެ އަދި މީހަކާ ނީންނަ ބޮޑުވެފައިވާ ހަތަރު އަންހެންދަރިން ވިއެވެ. އެ ހަތަރު ކުދިން ވެސް މާތްރަސްކަލާނގެ އަންގަވަމުން ދިޔަ ވަޙީ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ.
ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން ބަޔަކު އަންނާނެ.
ޖުލިޔާތު މަރާލާފައި ހަނގުރާމަ ނިންމާފައި އެ އެންމެން ރަށަށް އެނބުރި އައުމުން އަންހެންވެރިން ޝާއުލްގެފާނަށް މަރުހަބާ ކިޔަން އަތުވެއްޖެއެވެ. އެވެރިން އައިސް އުފާ ފާޅުކޮށް ނަށައި ތާރަޖަހައި ނަރުކޮއްޓި ކުޅެ ހަދަން ފަށައިފިއެވެ.