Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 15:13 - ކިތާބުލް މުޤައްދަސާ

13 ދެގޮތެއްނުވާ ލޯބިފުޅަކާއެކު އިނބަރަސްކަލާނގެ މިންޖުކުރެއްވި މީހުންތަކަށް މަގު ދެއްކެވި. އިނބަރަސްކަލާނގެ ކުޅަދުންވަންތަ ކަމުން މާތްވެގެންވާ މަޤާމުފުޅަށް އެމީހުން ގެންދެވި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 15:13
21 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ.


ދާއޫދު ރަސްގެފާނު ސަދޫގުގެ ގާތު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ ފޮށިކޮޅު ޖެރޫސަލަމަށް އަނބުރާ ގެންދޭ. މާތްރަސްކަލާނގެ އަހަރެންނާ ރުހިވޮޑިގެންވާނަމަ އަހަރެން އަނބުރާ ޖެރޫސަލަމަށް ގެންދަވާނެ. އަދި ޖެރޫސަލަމުގައި އެކަލާނގެ މަޤާމުފުޅު ދައްކަވާނެ.


އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ. އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބީ. އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން. އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން.


އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ. އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު. އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް.


”⁠އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’⁠މާތްރަސްކަލާނގެ⁠‘.


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ނަމަވެސް މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ މަތިވެރިކަން ބޮޑެވެ. އަދި އެކަލާނގެ އަހަރެމެން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވައެވެ.


އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ