Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 15:1 - ކިތާބުލް މުޤައްދަސާ

1 ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން. އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ. އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 15:1
27 ပူးပေါင်းရင်းမြစ်များ  

އިސްރާއީލީންނަށް ކަނޑުގެ އަނެއް ފަރާތަށް ދެވުމުން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެ އަސާ ކަނޑާ ދިމާއަށް އަނެއްކާވެސް އުފުލާ. އޭރުން ކަނޑު އައިސް ބެދި މިޞްރު މީހުންނާއި އަސްވާރުންނާއި އަސްގާޑިޔާތައް ކަނޑުވެދާނެ.⁠“


މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އިރުއެރިއިރު ކަނޑުގެ ލޮނުގަނޑު އޭގެ އަސްލު މަޤާމަށް ރުޖޫޢަ ވެއްޖެއެވެ. އެވަގުތު މިޞްރު މީހުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާތްރަސްކަލާނގެ އެމީހުން ކަނޑުލައްވައިފިއެވެ.


މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”⁠މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.⁠“


މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“


ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.


އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ.


އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ