ނެރުއްވުން 14:5 - ކިތާބުލް މުޤައްދަސާ5 ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ. အခန်းကိုကြည့်ပါ။ |
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.