Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:4 - ކިތާބުލް މުޤައްދަސާ

4 އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:4
36 ပူးပေါင်းရင်းမြစ်များ  

އަހަރެން މި މުޢުޖިޒާތްތައް މި ދައްކަނީ ކަލޭގެ ދަރިންނާއި ކަލޭގެ ކާފަ ދަރިންނަށް ތިމަންކަލާނގެ ކުޅަދުންވަންތަ ޢަލާމާތްތަކުގެ ވާހަކަ ބުނެ ދެވޭނެ ގޮތް ވުމަށާއި މިޞްރުގެ މީހުން މޮޔަ ހެއްދުމުގެ ގޮތުން ވެސް މެ. މިގޮތުން ކަލޭމެން އެންމެންނަށް ފެނިގެންދާނެ މާތްރަސްކަލާނގެއަކީ އަހަރެންކަން.⁠“


އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ.


ދެން އެމީހުން ގޮސް މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީ ކުރެއްވި ފަދައިން ކަންތައް ކޮށްފިއެވެ.


ދެން މިޞްރުގެ ލަޝްކަރުގައި ތިބި ފިރުޢައުނުގެ އަސްތަކާއި އަސްވާރުންނާއި އަސްގާޑިޔާތައް އިސްރާއީލީން ފަހަތުން އަންނަން ފަށައިފިއެވެ.


އަދި އެމީހުންގެ އަސްގާޑިޔާތަކުގެ ފުރޮޅުތައް އުޅާސް ކޮށްލެއްވިއެވެ. އެހެންވެ އެގާޑިޔާތައް ދުއްވުން ދަތިވެއްޖެއެވެ. ”⁠އިސްރާއީލީން ދޫކޮށް މިތަނުން އަވަހަށް ދާން ހިނގާ!⁠“ މިޞްރު މީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެން މިޞްރު މީހުންނާ ދެކޮޅަށް އިސްރާއީލީންނަށްޓަކައި އެބަ ހަނގުރާމަ ކުރައްވާ!⁠“


އޭރުން ފިރުޢައުނު ހީކޮށްފާނެ، އިސްރާއީލީންނަށް މަގުއޮޅިއްޖެޔޭ. އެމީހުން ސަހަރާތެރޭގައި ބެދިއްޖެޔޭ!


ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”⁠އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟⁠“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ.


މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ.


މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


އެހެންވެ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވިއޭ: ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެކަން ކަލެއަށް ދައްކައި ދޭނަމޭ. ބަލަންހުންނާށޭ! ތިމަންގެ އަތުގައި މިއޮތް އަސާއިން ނީލަކޯރުގެ ފެންގަނޑުގައި ޖަހާލުމުން މި ކޯރުގެ ފެންގަނޑު ލެޔަށް ވާނެއޭ.


އެކަމަކު ވެސް އަހަރެން ފިރުޢައުނުގެ ގޮތް ދޫނުކުރާނެހެން ހަދާނަން. އެއީ އަހަރެން މިޞްރު މީހުންނަށް ހައިރާންވާފަދަ ގިނަގުނަ މުޢުޖިޒާތްތަކާއި އަލާމާތްތައް ދެއްކި ކަމުގައި ވިޔަސްމެ.


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ