ނެރުއްވުން 14:31 - ކިތާބުލް މުޤައްދަސާ31 މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ. အခန်းကိုကြည့်ပါ။ |
ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.