Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:26 - ކިތާބުލް މުޤައްދަސާ

26 އިސްރާއީލީންނަށް ކަނޑުގެ އަނެއް ފަރާތަށް ދެވުމުން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެ އަސާ ކަނޑާ ދިމާއަށް އަނެއްކާވެސް އުފުލާ. އޭރުން ކަނޑު އައިސް ބެދި މިޞްރު މީހުންނާއި އަސްވާރުންނާއި އަސްގާޑިޔާތައް ކަނޑުވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:26
12 ပူးပေါင်းရင်းမြစ်များ  

ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”⁠އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.⁠“


ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ.


ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން. އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ. އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި.


އެކަލާނގެ މިޞްރުގެ ލަޝްކަރާއި އަސްގާޑިޔާތައް ކަނޑުލެއްވި. އެމީހުންގެ ތެރޭގައި ތިބި އެންމެ މަތީ އޮފިސަރުން ރަތް ކަނޑަށް ޣަރަގު ކުރެއްވި.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ކަލޭގެ އަސާ ނަގައި މިޞްރުގެ ހުރިހާ ކޯރަކާއި، ފެންގަނޑުތަކާއި، ފެން ރައްކާކުރާ ތަންތަނާއި އަދި ފެންހެދިފައިވާ ކިސަޑުބިންތަކުގެ މައްޗަށް އުފުލާށޭ. އޭރުން މިޞްރުގައި ވާހައި މީރު ފެނެއް ލެޔަށް ބަދަލުވާނެޔޭ. މީސްމީހުންގެ ގޭގޭގައި ހުންނަ ލަކުޑި ބާލިދީއާއި ހިލަ ގުޅިތަކުގައި ހުރި ފެނަށް ދަންދެން ލެއަށް ބަދަލުވާނެއޭ.⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެ ގާތު ބުނޭ އޭނާގެ އަސާ މިޞްރުގެ ހުރިހާ ކޯރަކާއި ފެންއާރަކާއި، ފެންފެންގަނޑަކަށް ދިއްކުރާށޭ. އެގޮތުން މިޞްރުގެ ހުރިހާ ތަނަކަށް ބޮއްތައް އަރުވާށޭ.⁠“


މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.


ދޯނީގައި ތިބި މީހުން އިންތިހާއަށް ޙައިރާންވެ އެބައިމީހުންނަށް ބުނެވުނެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟! އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“


އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.


އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި. އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި. އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ