Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:21 - ކިތާބުލް މުޤައްދަސާ

21 ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އަދި އެއާއެކު މާތްރަސްކަލާނގެ އިރުމަތިން ގަދަވައެއް ފޮނުއްވައިފިއެވެ. މުޅިއެރޭގެ ހަތަރުދަމު އެހެން ވައިޖެހެމުންގޮސް ކަނޑު ތިލަވެ ހިކިފަސްތަނެއް ހެދިއްޖެއެވެ. ކަނޑު ދެބައިވެއްޖެއެވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:21
30 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ.


ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ.


ވިލާގަނޑު މަޑުކޮށްލީ މިޞްރު މީހުންނާއި އިސްރާއީލީންގެ ދެމެދުގައެވެ. ރޭގަނޑުވުމުން އެވިލާގަނޑު އަލިފާންގަނޑަކަށް ބަދަލުވެ އިސްރާއީލީންގެ ފޭލިގެތަކަށް އަލިކޮށް ދީފައިވެއެވެ. އެކަމަކު އެއިން މިޞްރު މީހުންގެ ފޭލިގެތަކަށް އެޅިފައި ވަނީ އަނދިރިކަމެވެ. އެރެއަކު މިޞްރު މީހުންނާ އިސްރާއީލީންނާ ދެމެދަކު ކުރިމަތިލުމެއް ނުހިނގައެވެ.


އިނބަރަސްކަލާނގެ ފުމެލެއްވުމުން ކަނޑު ކެވިއަރައިގެން ދިޔަ. ބޮޑު ފާރެއް ހެން ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު އަރާފައި ހުރި. ކަނޑުގެ ފުނުގައިވާ ލޮނުގަނޑު ހަރުވެ އުފުލިފައި ހުރި.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ކަލޭގެ އަސާ ނަގައި މިޞްރުގެ ހުރިހާ ކޯރަކާއި، ފެންގަނޑުތަކާއި، ފެން ރައްކާކުރާ ތަންތަނާއި އަދި ފެންހެދިފައިވާ ކިސަޑުބިންތަކުގެ މައްޗަށް އުފުލާށޭ. އޭރުން މިޞްރުގައި ވާހައި މީރު ފެނެއް ލެޔަށް ބަދަލުވާނެޔޭ. މީސްމީހުންގެ ގޭގޭގައި ހުންނަ ލަކުޑި ބާލިދީއާއި ހިލަ ގުޅިތަކުގައި ހުރި ފެނަށް ދަންދެން ލެއަށް ބަދަލުވާނެއޭ.⁠“


އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ