ނެރުއްވުން 14:18 - ކިތާބުލް މުޤައްދަސާ18 އަހަރެން ފިރުޢައުނާއި އޭނާގެ މީހުން ބަލިކޮށްލާތަން ފެނުމުން މިޞްރު މީހުންނަށް އެނގޭނެ، މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ အခန်းကိုကြည့်ပါ။ |
އަދި އެމީހުންގެ އަސްގާޑިޔާތަކުގެ ފުރޮޅުތައް އުޅާސް ކޮށްލެއްވިއެވެ. އެހެންވެ އެގާޑިޔާތައް ދުއްވުން ދަތިވެއްޖެއެވެ. ”އިސްރާއީލީން ދޫކޮށް މިތަނުން އަވަހަށް ދާން ހިނގާ!“ މިޞްރު މީހުން ހަޅޭއްލަވަން ފެށިއެވެ. ”މާތްރަސްކަލާނގެ އަހަރެމެން މިޞްރު މީހުންނާ ދެކޮޅަށް އިސްރާއީލީންނަށްޓަކައި އެބަ ހަނގުރާމަ ކުރައްވާ!“
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.