15 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ ތިޔަ ރޮއި އާދޭސް ކުރަނީ ކީއްވެ؟ އެމީހުން ގާތު ބުނޭ ’ކުރިއަށް ހިނގައިގަންނާށޭ!‘
މާތްރަސްކަލާނގެ ކަލޭމެންނަށްޓަކައި ހަނގުރާމަ ކުރައްވާނެ. ހަމަޖެހިގެން ތިބޭ!“
ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ.
ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭހާއެކު މުނާޖާ ދެންނެވިއެވެ. ”މިމީހުންނާ މެދު މިއަޅާ ހަދަންވީ ކިހިނެއްތޯ؟ އެމީހުން އެތިބަ ތައްޔާރުވަނީ މިއަޅާ ގަލުންތަޅައި މަރާލަން!“