Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:13 - ކިތާބުލް މުޤައްދަސާ

13 އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:13
36 ပူးပေါင်းရင်းမြစ်များ  

އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމަށް ނިދާ އިއްވެވިއެވެ. ”⁠އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.⁠“


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


”⁠މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ ދިންނެވުމުގެ އިންތިޒާރުގައި މިއަޅާ ވަމު.⁠“


މާތްރަސްކަލާނގެ އެދުވަހު އިސްރާއީލީން މިޞްރު މީހުންގެ އަތްދަށުން ސަލާމަތްކުރެއްވީ އެފަދައިންނެވެ. މިޞްރު މީހުންގެ މުޅަމަސްތައް ގޮނޑުދޮށަށް ލައްގަމުން ދިޔަތަން އިސްރާއީލީން ދުއްޓެވެ.


”⁠ބިރު ނުގަނޭ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ މިތަނަށް ފައިބާ ވޮޑިގެންނެވީ ކަލޭމެން އިމްތިޙާނު ކުރައްވަން. އެއީ އޭރުން ކަލޭމެން އެކަލާނގެއަށް ކިޔަމަންގަނެ، ފާފަ ކުރަން ބިރުގަންނާނެތީ!⁠“


މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.


ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“


މިހާރު ކަލޭމެން ހިމޭންވެ ތިބެ ކަލޭމެންގެ ލޮލުގެ ކުރިމައްޗަށް މާތްރަސްކަލާނގެ ގެންނަވާނެ މަތިވެރި ކަންތަކާ މެދު ފިކުރުކޮށްބަލަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ