Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:12 - ކިތާބުލް މުޤައްދަސާ

12 އަހަރެމެން މިޞްރުގައި ތިބެފާ ވެސް މިކަންތައް ވާނީ މިހެންނޭ ނުބުނަންތަ؟ އަހަރެމެން ބުނީމު، ’⁠އަހަރެމެން ތިބިޔަ ދޭށޭ، އަހަރެމެން މިޞްރު މީހުންގެ އަޅުންގެ ގޮތުގައި އުޅެފާނަމޭ. ސަހަރާތެރޭގައި މަރުވެ ދިއުމަށް ވުރެން މިޞްރުގައި އަޅުވެތިވެފައި ތިބުން ވެސް މާ ރަނގަޅޭ!⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:12
11 ပူးပေါင်းရင်းမြစ်များ  

އިސްރާއީލީން ދިއުމުގެ ހުއްދަ ފިރުޢައުނު ރަސްގެފާނު ދެއްވުމުން މާތްކަލާނގެ އެމީހުންނަށް ދެއްކެވި މަގަކީ ފިލިސްޠިއްޔާގެ ސަރަހައްދު ތެރޭން ދާން އޮންނަ މަގެއް ނޫނެވެ. މިއީ ވަޢުދުކުރެއްވި ބިމާ އެންމެ ކައިރި އެންމެ ކުރު މަގު ކަމުގައި ވިޔަސް ވެސް މެއެވެ. މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުންނާ ހަނގުރާމައެއް ކުރިމަތި ވެއްޖެއްޔާ އެމީހުން އަނބުރާލާފައި މިޞްރަށް ހިނގައިދާނެ.⁠“


އަހަރެންގެ މީހުންގެ ރުއިމުގެ އަޑު އަހަންނަށް އެބަ އިވޭ. އެމީހުންނާމެދު މިޞްރު މީހުން ކުރަމުންގެންދާ އަނިޔާތައް ވެސް އަހަރެން މިދަނީ ބަލަމުން.


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.


މިއަޅާ ބުނިގޮތަށް އެކަންތައް ނުވާނަމަ މިއަޅާ މަރުގެންނެވުން ވެސް މާހެޔޮ.⁠“


ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”⁠މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުން ވެސް މާ ހެޔޮ.⁠“


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


އަދި ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ ދަރިކަލުން، އީސާގެފާނު! އަޅުގެ ކިބައިން ކަލޭގެފާނު އެދިލައްވަނީ ކޮންކަމެއް؟ ކަލާކޮށްޓަކާ ބުނަން، އަޅާއަށް އަނިޔާ ނުކުރައްވާތި!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ