Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 14:11 - ކިތާބުލް މުޤައްދަސާ

11 އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”⁠މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 14:11
14 ပူးပေါင်းရင်းမြစ်များ  

އިސްރާއީލުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަކުދިންގެ އިތުރު ކޮއްކޮއެއް ހުރި ވާހަކަ އޭނާ ގާތު ބުނީ ކީއްވެ؟ ކަލޭމެން އަހަރެންނާއި މެދުގައި ތިހާ އަނިޔާވެރި ވަނީ ކީއްވެ؟⁠“


އިސްރާއީލީން ދިއުމުގެ ހުއްދަ ފިރުޢައުނު ރަސްގެފާނު ދެއްވުމުން މާތްކަލާނގެ އެމީހުންނަށް ދެއްކެވި މަގަކީ ފިލިސްޠިއްޔާގެ ސަރަހައްދު ތެރޭން ދާން އޮންނަ މަގެއް ނޫނެވެ. މިއީ ވަޢުދުކުރެއްވި ބިމާ އެންމެ ކައިރި އެންމެ ކުރު މަގު ކަމުގައި ވިޔަސް ވެސް މެއެވެ. މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުންނާ ހަނގުރާމައެއް ކުރިމަތި ވެއްޖެއްޔާ އެމީހުން އަނބުރާލާފައި މިޞްރަށް ހިނގައިދާނެ.⁠“


މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތުގައި ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މީހުންނާ މެދު އިނބަރަސްކަލާނގެ ދެރަގޮތް މެދުވެރި ކުރައްވަނީ ކީއްވެތޯ؟ މިއަޅާ މިތަނަށް ތިޔަ ފޮނުއްވީ ކީއްވެތޯ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ