Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 13:9 - ކިތާބުލް މުޤައްދަސާ

9 މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’⁠މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 13:9
38 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.


ފަހުން އަންނަ ކުދިން ކަލޭމެން ކުރެން އަހާނެ ’⁠މީގެ މާނައަކީ ކޮބައިހޭ؟⁠‘ ކަލޭމެން ބުނާތި ’⁠ތިމަންމެން މިޞްރުގައި އަޅުވެތިވެފައި ތިއްބާ މާތްރަސްކަލާނގެ އެކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ތިމަންމެން މިޞްރުން ނެރުއްވައި މިނިވަން ކޮށްދެއްވިއޭ.


މި ޢީދު ރަމްޒު ކޮށްދެނީ ކަލޭމެންގެ އަތްތިލައިގައި ނުވަތަ ނިއްކުރީގައި ޖަހާލެވޭ ފާހަގައެއްގެ ގޮތުގައި. މިކަމުން ދައްކައި ދެނީ މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން މިންޖުކޮށް ދެއްވި ކަން.⁠“


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


އެހެންކަމުން އަހަރެންގެ އަތް އުފުލާ ޖަހައި މިޞްރު މީހުން ބިރުން ފިތްކަނޑައިގެންދާ ފަދަ ގަދަފަދަ މުޢުޖިޒާތްތަކެއް ދައްކާނަން. އޭގެ ފަހުން އެ ރަސްގެފާނު ކަލޭމެން ދިއުމުގެ ހުއްދަދެއްވާނެ.


ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.


އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.


ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ.


ރުވާފައި ދޫކޮށްލި ތީރު އޭނާގެ ހިތަށް އަމާޒުވިއެވެ. މަޅިފައްޗަކާ ދިމާއަށް ދާ ދޫންޏެއް ފަދައިން އޭނާ ދިޔައެވެ. އޭނާގެ ދިރިއުޅުން ނުރައްކަލަށް ވެއްޓުނުކަމެއް އޭނާ ނުދެނެހުއްޓެވެ.


އެމީހުން ހެޔޮ އަމަލުތައް ކުރާނީ މީހުންނަށް ދެއްކުމުގެ ގޮތުން. އެމީހުން ނިތްކުރީގައި އަޅައިގެން އުޅޭ ބާވައިލެއްވި ފަތްފުށްތަކުގެ އާޔަތްތައް އަޅާ ފޮށިތައް ބޮޑުކުރޭ. އަދި އެމީހުންގެ ހެދުންތަކުގެ އަތްދުއްލީ ވާނީ ވީހާވެސް ބޮޑަށް ދިގުކޮށްފައެވެ. އެއީ މީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.


މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ