7 މި ހަތްދުވަހު ކާ ރޮއްޓަކަށް ކަމީރު ލައިގެން ނުވާނެ. ކަލޭމެން އުޅޭ ސަރަހައްދަކު ވެސް މިދުވަސްތަކުގައި ކަމީރު ހުރެގެން ނުވާނެ.
ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.
މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއް ވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިން ވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ.
އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!“