ނެރުއްވުން 13:3 - ކިތާބުލް މުޤައްދަސާ3 ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ. အခန်းကိုကြည့်ပါ။ |
އެމީހުން މިޞްރުން ނެރުއްވާނެކަމަށް މާތްރަސްކަލާނގެ ކުރައްވާފައިވާ ވަޢުދު މިރޭ ފުރިހަމަ ކުރެއްވިއެވެ. އެހެންވެ އެރެއަކީ އެކަލާނގެ ޚާއްސަ ގޮތަކަށް ބައްލަވާވޮޑިގަތް ރެއެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އެރޭ އިސްރާއީލީން އެކަލާނގެ އެ ކޮށްދެއްވި ކަންތައް ޚާއްސަ ގޮތަކަށް ބަލައި ފާހަގަ ކުރަން ޖެހެއެވެ. އެމީހުންގެ ދަރިކޮޅުގެ މިރިމިރީންނަށް ދިޔަޔަސް މާތްރަސްކަލާނގެ ޝަރަފުގައި މިކަންތައް އެމީހުން ކުރަން ޖެހެއެވެ.
މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.‘
ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.
އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.