Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 13:19 - ކިތާބުލް މުޤައްދަސާ

19 މޫސާގެފާނު ވަޑައިގެންނެވީ ޔޫސުފުގެފާނުގެ ކަށިތައް ހިއްޕަވައިގެންނެވެ. އެހެނީ އިސްރާއީލީން ލައްވައި ޔޫސުފުގެފާނު ވަނީ މި ގޮތަށް މިކަންތައް ކުރުމަށް ހުވާ ކުރުއްވާފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ”⁠މާތްކަލާނގެ ކަލޭމެން ސަލާމަތް ކުރައްވަން މިތަނުގައި ވޮޑިގަންނަވާނެ. އެދުވަހަކުން ކަލޭމެން ދާން ވާނީ އަހަރެންގެ ކަށިތައް ހިފައިގެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 13:19
9 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.


ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.


މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”⁠ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!⁠“


ދެން ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވި. އެކަލޭގެފާނާއި އަދި އަހަރެމެންގެ ކާބަފައިން ވެސް އެ ރަށުގައި ވަޒަންވެރިވެ އުމުރު ދުވަހަށް އެ ރަށުގައި ދިރިއުޅެ މަރުވެ ދިޔަ.


ނަމަވެސް މަރުވުމަށް ފަހު އެމީހުން ވަޅުލުމަށް ޝެޚެމުގައި އިބްރާހީމްގެފާނު ހަމޯރުގެ ދަރިކޮޅުގެ މީހުންގެ އަތުން ގަނެފައިވާ ބިމަށް ގެންދެވުނު.


ޔޫސުފުގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުން މާތްރަސްކަލާނގެ މިޞްރުން އިސްރާއީލީން ނެރުއްވާނެ ވާހަކަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރީގައި ޔަޤީންކަމާއެކު ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށިކޮޅުތައް އެމީހުންނާއެކު ގެންދިއުމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ