ނެރުއްވުން 13:16 - ކިތާބުލް މުޤައްދަސާ16 މި ޢީދު ރަމްޒު ކޮށްދެނީ ކަލޭމެންގެ އަތްތިލައިގައި ނުވަތަ ނިއްކުރީގައި ޖަހާލެވޭ ފާހަގައެއްގެ ގޮތުގައި. މިކަމުން ދައްކައި ދެނީ މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން މިންޖުކޮށް ދެއްވި ކަން.“ အခန်းကိုကြည့်ပါ။ |
މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.‘
އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.