Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 13:13 - ކިތާބުލް މުޤައްދަސާ

13 އެކަމަކު ދޮށީ ހިމާރު އަލުން ގަންނަ ނަމަ އޭގެ ބަދަލުގައި ކަންބަޅިއެއް ހުށަހަޅަން ޖެހޭނެ. ހިމާރު ގަންނަން ބޭނުން ނުވާނަމަ އޭގެ ކަރު ބިންދާލަން ޖެހޭނެ. އެކަމަކު ކަލޭމެންގެ ދޮށީ ފިރިހެން ދަރިން އަލުން ގަންނަން ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 13:13
7 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ ބޮޑުން އެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠ގޮސް ޅަކަންބަޅިއެއް ނުވަތަ ޅަ ބަކަރިއެއް ހޯދާ. އެއީ ފަހަނަޅައި ދިއުމުގެ ޢީދަށް ކަތިލާން.


އިސްރާއީލީންގެ އެންމެންނަށް އަންގާ ’⁠މިމަހު ދިހަވަނަ ދުވަހު ކޮންމެ އާއިލާއެއް ހިމެނޭ ގެއަކުން ޅަކަންބަޅިއެއް ނޫނީ ބަކަރިއެއް ޤުރުބާން ކުރަން ތައްޔާރު ކުރަން ވާނެޔޭ.


”⁠އިސްރާއީލީންގެ މީހުންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅު އަހަރެންގެ ކިބައަށް ޚާއްސަ ކުރޭ. އަދި ޖަނަވާރުތަކުގެ ދޮށީ އެއްޗާމެދު ވެސް އެފަދައިން ކަންތައް ކުރޭ. އެހެނީ އެއީ އަހަރެންނަށް ޚާއްސަ ތަކެތި.⁠“


ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކު ވެސް ހުސްއަތާ އައިސްގެން ނުވާނެ.


އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ