Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 13:10 - ކިތާބުލް މުޤައްދަސާ

10 އެހެންކަމުން މިކަމަށް ޚާއްސަވެފައިވާ ދުވަހު ކޮންމެ އަހަރަކު ވެސް މި ކަންތައް ކުރަމުން ގެންދަން ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 13:10
8 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


ކަމީރުނުލާ ބޯރޮށީގެ މިޢީދު ފާހަގަ ކުރަނީ ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުމުގެ މުނާސަބާ ފާހަގަ ކުރާ ދުވަސްކަމަށް ވާތީއޭ. މިއީ ދާއިމީ ގޮތުގައި ކަލޭމެން ކުރަން ޖެހޭނެ ކަމެކޭ. މި ޢީދު ކަލޭމެންގެ ދަރިކޮޅުގެ މިރިމިރީނާ ހަމަޔަށް ދަމަހައްޓަން ވާނެއޭ.


އެމީހުން މިޞްރުން ނެރުއްވާނެކަމަށް މާތްރަސްކަލާނގެ ކުރައްވާފައިވާ ވަޢުދު މިރޭ ފުރިހަމަ ކުރެއްވިއެވެ. އެހެންވެ އެރެއަކީ އެކަލާނގެ ޚާއްސަ ގޮތަކަށް ބައްލަވާވޮޑިގަތް ރެއެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އެރޭ އިސްރާއީލީން އެކަލާނގެ އެ ކޮށްދެއްވި ކަންތައް ޚާއްސަ ގޮތަކަށް ބަލައި ފާހަގަ ކުރަން ޖެހެއެވެ. އެމީހުންގެ ދަރިކޮޅުގެ މިރިމިރީންނަށް ދިޔަޔަސް މާތްރަސްކަލާނގެ ޝަރަފުގައި މިކަންތައް އެމީހުން ކުރަން ޖެހެއެވެ.


ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް.


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ