Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:8 - ކިތާބުލް މުޤައްދަސާ

8 އެރޭ އެމަސްތައް އަލިފާންމަތީ ފިހެގެން ހިތި ފަތްޕިލާވެލީގެ ސަޓަންޏާއި ކަމީރު ނުލާ ބޯރޮއްޓާ ޖަހައިގެން ކާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:8
20 ပူးပေါင်းရင်းမြစ်များ  

މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.


އޭގެ އެއްވެސް މަހެއް ރޮލާ ނުވަތަ ފެނުކައްކައިގެން ނުކާށޭ. މުޅި ޖަނަވާރު އެއްކޮށް، ބޮލާއި، ފަޔާއި އެތެރޭގައި ހުރި ހުރިހާ އެއްޗެއް އެކުލެވޭ ގޮތަށް އަލިފާން މަތީ ބަހައްޓައިގެން ފިހޭށޭ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


މި ހަތްދުވަހު ކާ ރޮއްޓަކަށް ކަމީރު ލައިގެން ނުވާނެ. ކަލޭމެން އުޅޭ ސަރަހައްދަކު ވެސް މިދުވަސްތަކުގައި ކަމީރު ހުރެގެން ނުވާނެ.


ކަލޭމެން، ލޭ އޮހަރައި ކުރާ ޤުރުބާނީއާއެކު ކަމީރުކުރި ފުށުން ފިހެފައިވާ ރޮއްޓެއް ފަދަ އެއްޗެއް ޤުރުބާނީއަކަށް ހުށަނާޅާތި. އަދި ޤުރުބާނީގެ ސަރުބީތައް އަނެއްދުވަހު ހެނދުނާ ހަމަޔަށް ނުބަހައްޓާތި.


އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.⁠“


ސަމާލުވާށެވެ! މި އޮޅުވާލުމުގެ ފިލާވަޅުތަކުގެ ސަބަބުން، ބޮޑު ފުށްގަނޑެއްގެ ތެރެއަށް ކުޑަ ކަމީރު ކޮޅެއް ފެތުރިގެން ދާހެން އެންމެންގެ ވިސްނުން ތަޣައްޔަރު ކޮށްލާނެއެވެ.


އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ