Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:6 - ކިތާބުލް މުޤައްދަސާ

6 މިކަމަށް ޚާއްސަ ކުރެވޭ ޖަނަވާރު މަހުގެ ސާދަ ވަނަ ދުވަހާ ހަމަޔަށް ރަނގަޅަށް ގެންގުޅެ ބަލަހައްޓަން ވާނެޔޭ. ދެން އެދުވަހު އިރުއޮއްސޭ ވަގުތުގައި އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން އެ ކަންބަޅި ނުވަތަ ބަކަރި ކަތިލާށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:6
34 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


ކަމީރުނުލާ ބޯރޮށީގެ މިޢީދު ފާހަގަ ކުރަނީ ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުމުގެ މުނާސަބާ ފާހަގަ ކުރާ ދުވަސްކަމަށް ވާތީއޭ. މިއީ ދާއިމީ ގޮތުގައި ކަލޭމެން ކުރަން ޖެހޭނެ ކަމެކޭ. މި ޢީދު ކަލޭމެންގެ ދަރިކޮޅުގެ މިރިމިރީނާ ހަމަޔަށް ދަމަހައްޓަން ވާނެއޭ.


ކަލޭމެން ފުރަތަމަ މަހުގެ ސާދަވަނަ ދުވަހު ހަވީރު ކަމީރު ނުލާ ބޯރޮށި ކާން ފަށާގޮތަށް އެމަހު އެކާވީސް ވަނަ ދުވަހު ހަވީރާ ހަމަޔަށް އެ ނޫންގޮތަކަށް ފިހެފައި ހުރި ރޮއްޓެއް ކައިގެން ނުވާނެއޭ.


އިސްރާއީލުގެ މުޅި ޖަމާޢަތް، ފަހަނަޅައި ދިއުމުގެ މި ޢީދު ފާހަގަ ކުރަން ވާނެ.


ދެން އިސްރާއީލީންގެ ޖަމާޢަތުގެ މީހުން ދަތުރުކޮށް ޠޫރުސީނާ ފަރުބަދައާއި އީލީމް އާ ދެމެދުގައި އޮންނަ ސަހަރާ ކަމަށްވާ ސީންއާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެމީހުންނަށް އެތަނަށް އާދެވުނީ މިޞްރުން ފުރިތާ ދެވަނައަށް ވީ މަހު ފަނަރަވަނަ ދުވަހުއެވެ.


”⁠އަހަރެން އިސްރާއީލީން ކުރި ޝަކުވާގެ އަޑު އަހައިފިން. އެމީހުން ގާތު ބުނޭ، ’⁠އިރުއޮއްސުމުން ކަލޭމެން ކާނެ މަސް ލިބޭނެޔޭ، އަދި ހެނދުނު ކަލޭމެން ކާނެ ކާއެއްޗެހި ލިބޭނެޔޭ. މިކަމުން ކަލޭމެންނަށް އެނގޭނެޔޭ ކަލޭމެންގެ ކަލާނގެއަކީ ތިމަންކަލާނގެކަން.⁠‘⁠“


މިޞްރުން އިސްރާއީލީން ނުކުތްތާ ތިންވަނަ މަހު ފުރަތަމަ ދުވަހު އެމީހުންނަށް ޠޫރުސީނާއީ ސަހަރާގެ ތެރެއަށް އާދެވިއްޖެއެވެ.


އެކަތި ހެނދުނު. އަނެކަތި އިރުއޮއްސޭދޮނުގައި.


އަނެއް ޅަ ކަންބަޅި އިރުއޮއްސޭދޮނުގައި ހުށަހަޅާ. މިފަހަރު ވެސް ހެނދުނު ފަދައިން ފުށާއި ޒައިތޫނިތެލާއި މޭބިސްކަދުރު ދިޔަ ހުށަހަޅާ. އެއީ އަހަރެންނަށް ވެދުން ކުރެވޭ ވަސްމީރު ޚާއްސަ ހަދިޔާއެއް.


ނަމަވެސް ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްވެފައި ތިބި މީސްތަކުންގެ ބޮލަށް އެރި ބަރައްބާސް މިނިވަންކޮށް އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށް ބުނުވިއެވެ.


ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“


ހެނދުނު އިރުއެރުމުން ބަނީއިސްރާއީލުގެ ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ ވެރިންނާއި ކުއްލި ގޮތެއްގައި ބޮޑު އިމާމުންނާއި ބައްދަލު ކުރުމަށް ފަހު މިކަމާއި އެމީހުން އަމަލުކުރާނެ ގޮތް ރާވައި ނިންމިއެވެ. އަދި އީސާގެފާނު ހައްޔަރު ކޮށްގެން ހިލިހިލާ ޖަހައިގެން ޕިލާތުސްގެ ކައިރިއަށް ގެންދެވުނެވެ.


ނަމަވެސް ބޮޑުއިމާމުން މީސްތަކުން ހިލުވާލުމަށް ފަހު އެބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ ބަދަލުގައި ބަރައްބާސް ދޫކޮށް ދިނުމަށް ޕިލާތުސްއަށް އެދުމަށް ބުންޏެވެ.


އެދުވަހުގެ ހެނދުނު ގާތްގަނޑަކަށް ނުވައެއް ޖެހި ތަނާހެން އެކަލޭގެފާނު ސަލީބަށް އެރުވުނެވެ.


އެ ހިނދު އެއްވެފައިވާ މީސްތަކުން އެއް އަޑަކުން ޕިލާތުސްއަށް ކުށްވެރިއަކު ދޫކޮށްދިނުމަށް އެދި ގޮވަމުން ދިޔައެވެ.


ދެން މިއަށް ފަހު މި ކޯޓުގައި ވީ އެންމެން އީސާގެފާނު ގޮވައިގެން އެތަނުން ރޯމުގެ ވެރިޔާ ޕިލާތުސްގެ ގާތަށް ދިޔައެވެ.


އެއްވެފައިވާ ހުރިހާ މީސްތަކުން އެއްއަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާއަށް މަރުގެ ޙުކުމް ކުރޭ. އޭނާގެ ބަދަލުގައި އަހަރެމެންނަށްޓަކައި ބަރައްބާސް މިނިވަން ކޮށްދީ.⁠“


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ