Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:51 - ކިތާބުލް މުޤައްދަސާ

51 ހަމަ އެދުވަހު މިޞްރުގެ ބިމުން އިސްރާއީލީންގެ ފައުޖުތައް މާތްރަސްކަލާނގެ ނެރުއްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:51
25 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް އެންގެވި ގޮތުގެ މަތިން އިސްރާއީލުގެ މީހުން ކަންތައް ކުރިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.


ދެން އިސްރާއީލީންގެ ޖަމާޢަތުގެ މީހުން ދަތުރުކޮށް ޠޫރުސީނާ ފަރުބަދައާއި އީލީމް އާ ދެމެދުގައި އޮންނަ ސަހަރާ ކަމަށްވާ ސީންއާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެމީހުންނަށް އެތަނަށް އާދެވުނީ މިޞްރުން ފުރިތާ ދެވަނައަށް ވީ މަހު ފަނަރަވަނަ ދުވަހުއެވެ.


މިޞްރުން އިސްރާއީލީން ނުކުތްތާ ތިންވަނަ މަހު ފުރަތަމަ ދުވަހު އެމީހުންނަށް ޠޫރުސީނާއީ ސަހަރާގެ ތެރެއަށް އާދެވިއްޖެއެވެ.


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


”⁠އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ⁠“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.


ބަނީއިސްރާއީލުގެ ވެރި ކަލާނގެ އަހަރެމެންގެ ކާބަފައިންނަށް ރަޙުމަތްލައްވާ މިޞްރުގައި އެމީހުންގެ އަދަދު ގިނަ ކުރެއްވި. އަދި އެކަލާނގެ މަތިވެރި ބާރުފުޅުން އެމީހުން އެ ޤައުމުން އަނބުރައިގެންދެވި.


މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ