Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:48 - ކިތާބުލް މުޤައްދަސާ

48 އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:48
12 ပူးပေါင်းရင်းမြစ်များ  

މިއަދުން ފެށިގެން އުމުރުން އަށްދުވަސް ހަމަވެފައިވާ ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުގަ ލައްވަން ޖެހޭނެ. ހަމައެހެންމެ އަޅުންގެ ގޮތުގައިގެންގުޅޭ ދޭސީ ފިރިހެން ކުދިންނާއި އަޅުންގެ ގޮތުގައި ބިދޭސީ ޤައުމުތަކުން ގަނެގެން ގެންގުޅޭ ފިރިހެން ކުދިން ވެސް ޚިތާނުގަ ލައްވަން ޖެހޭނެ. މިކަމުން ރަމްޒުކޮށް ދެނީ ތިބާއާއި ތިމަންކަލާނގެ އާއި ދެމެދު ވެވުނު ޢަހުދުނާމާއަށް ފުރިހަމައަށް އެއްބަސްވާކަން.


މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއް ވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިން ވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ.


މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދު ފާހަކަކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިއީ: ފަހަނަޅައި ދިއުމުގެ ކެއުމުގައި ބޭރު ބަޔަކު ބައިވެރި ކޮށްގެން ނުވާނެ.


ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ.


މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ