Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:43 - ކިތާބުލް މުޤައްދަސާ

43 މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދު ފާހަކަކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިއީ: ފަހަނަޅައި ދިއުމުގެ ކެއުމުގައި ބޭރު ބަޔަކު ބައިވެރި ކޮށްގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:43
9 ပူးပေါင်းရင်းမြစ်များ  

މިއީ އެ ކެއުން ކާންވީ ގޮތޭ: އެންމެން ތިބެން ވާނީ އަރުވާޖަހައިގެންނޭ. ފައިވާނަށް އަރައި، ގެންގުޅޭ އަސާ ވެސް ހިފައިގެންނޭ. ކާން ވާނީ އަވަސްއަރުވައިގެންނޭ. އެހެނީ މިއީ ތިމަންކަލާނގެ ރަށުތެރޭން ފަހަނަޅައި ދިޔަކަން ފާހަގަ ކުރާ ރެޔޭ.


އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ.


ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.


މިކަންތައް މިހެން ދަނިކޮށް މާތްކަލާނގެ ފޮނުއްވި ބޭކަލަކު ޢާލީގެ ގާތަށް އައިސް ބުންޏެވެ. ”⁠މިއީ މާތްރަސްކަލާނގެ އެންގެވި އެންގެވުން: ’⁠އިސްރާއީލުގެ މީހުން މިޞްރުގެ ފިރުޢައުނުގެ އަޅުންގެ ގޮތުގައި ތިބި އިރު ކަލޭގެ ކާބަފައިންގެ ގާތަށް ތިމަންކަލާނގެ ފާޅުވެވޮޑިއެއް ނުގަންނަންތަ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ